މުފްތީ މެންކުގެ ދަރުހާއި ޔޯހާނީގެ ޝޯ އެއް ރެއެއްގައި އޮންނާތީ އުފެދުނު ބޮޑު ބަހުސަށް ބައިސްކޯފުން ނިމުން ގެނެސްދީފިއެވެ.
އެގޮތުން ބައިސްކޯފުން މިރޭ ބުނެފައިވަނީ ބޮޑު އެހެންކަމެއް ހަމަ އެ ރޭ އޮންނާތީ "ޗަނާޗާ2022" ހޮނިހިރު ދުވަހުގެ ރެއަށް ފަސްކުރަން ނިންމާފައިވާކަމަށެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް ބާއްވަނީ މާލޭގައެވެ. ސްރީ ލަންކާއަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދިވެހި ގިނަ އަދަދެއްގެ ފަންނާނުންގެ ހުނަރު ފެނިގެންދާނެ "ޗަނާޗާ ޝޯ" ބާއްވަނީ ހުޅުމާލޭގައެވެ.
މުފްތީ މެންކުގެ ދަރުސް އޮންނާތީ ޔޯހާނީ ބައިވެރިވާ ޝޯ ފަސްކޮށްފައިވާއިރު ޝޯއާއި ދަރުސް އެއް ރެއެއްގައި ބާއްވާތީ އާންމުން ދިޔައީ މިކަމުގައި އެކި ހިޔާލު ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް