މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓުގެ ވަގުތު އިތުރުކޮށްފި އެވެ. މިއަދު ފުރަތަމަ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާޓު ނެރުނީ ހެނދުނު11:30 ގައި އެވެ. އޭރު އެލާޓު ނެރެފައި އޮތީ...

13 Oct 2022 | 12:29

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓުގެ ވަގުތު އިތުރުކޮށްފި އެވެ.

މިއަދު ފުރަތަމަ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާޓު ނެރުނީ ހެނދުނު11:30 ގައި އެވެ. އޭރު އެލާޓު ނެރެފައި އޮތީ ހަވީރު5:30 އާއި ހަމައަށެވެ.

އެކަމަކު މެޓް އޮފީހުން ވަނީ އެެލާތުގެ ވަގުތު މިރޭ 11:30 އަށް އިތުރުކޮށްފައި އެވެ.

އެ އިދާރާއިން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ކަނޑުތައްވެސް ވަރަށް ގަދަވާނެ އެވެ.

އާންމު ގޮތެއްގައި ހުރިހާ ހިސާބަކަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ އެވެ.

މެޓުން ބުނީ ރާޅުގެ އުސްމިން މިރޭ އުޅޭނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށެވެ.

އެ އިދާރާ އާއި ސަލާމަތީ ބާރުތަކުން ވަނީ އެއްގަމާއި ކަނޑުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް