ތ.ހިރިލަންދޫ ސްކޫލްގެ ތިން މަސައްކަތެއް ބަޔަކާއި ހަވާލު ކޮށްފި އެވެ.
އެއީ އެ ސްކޫލްގެ ތިން ބުރީގެ އިމާރާތަކާއި އަށް ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލުގެ މަސައްކަތެވެ.
މި މަސައްކަތް ހަވާލު ކުރީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔާ ޕޮލިސީ ޑިރެކްޓަރު ނައުޝާދް އިބްރާހީމެވެ. ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ އޮފް ފައިނޭންސް އިސްމާއީލް ޒަޙްރާން ޒުބައިރެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ. މިއީ34.6 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
މަސައްކަތް ނިންމަން ޖެހެނީ400 ދުވަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް