ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ދެ ސަރަހައްދަކަށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ށ އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް އަދި ވ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުން އަނބުރާ 1:50 އިން ހަވީރު 5:30 އާއި ދެމެދުގެ ވަގުތަށެވެ.
ރީނދޫ، މި ސަމާލުގައި ބުނެފައިވާގޮތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މެޓުން ރީނދޫ ސަމާލު ނެރެފައިވާއިރު ކަނޑު ދަތުރުކުރައްފާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވެއެވެ. އަދި މޫސުން ގޯސްވެފައިވާއިރު ކަނޑުމައްޗާއި މަގުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ޕޮލިހުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް