ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ގާޒީ މާހިރު އައްޔަން ކުރަނީ

ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ނިންމައިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ މާހިރު އިސްގާޒީ ކަމަށް އައްޔަންކުރަނީ އިންޓަވިއު ކުރުމަށް ފަހު...

13 Oct 2022 | 09:02

ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ނިންމައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ މާހިރު އިސްގާޒީ ކަމަށް އައްޔަންކުރަނީ އިންޓަވިއު ކުރުމަށް ފަހު، ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާ އަރުވާ ކޮމެޓީން އެކަމަށް ލަފާ ދިނުމުން ކަމަށެވެ.

ގާޒީ މާހިރަކީ 2005 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަން ކުރައްވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީގެ މަގާމުގަ އެވެ. ފެމިލީ ކޯޓަށް އޭނާ ބަދަލުވީ 2010 ވަނަ އަހަރު އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުޒައިފާ މުހައްމަދު މިދިޔަ އޮގަސްޓް މަހު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަން ކުރެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް