ބިލް ނުދައްކައިގެން ދައުލަތުގެ މީޑިއާ ކުންފުނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ފެން ކަނޑާލައިފި އެވެ.
ފެން ކަނޑާލީ އެ ކުންފުނީގެ އިމާރާތްތަކުގެ ތެރެއިން ޓީވީއެމް ހިންގާ އިމާރާތުންނެވެ. އެކަން "ދުވަސް"އަށް ވަނީ މުވައްޒަފުންތަކެއް ކަށަވަރު ކޮށްދީފައި
މިކަމާއި ގުޅޭގޮތުން ޕީއެސްއެމްގެ އިސްވެރިއަކަށް ގުޅުމުން ފޯނު ނުނަންގަވާތީ އަދި އެފަރާތުގެ ބަހެއް ނުލިބެ އެވެ. އަދި ހިދުމަތް ކަނޑާލީ ކިތަށް މަހުގެ ފެން ބިލް ނުދައްކައިގެން ކަމެއް ނޭނގެ އެވެ.
މީގެ ކުރިންވެސް އެ އިމާރާތުގެ ފެން ކަނޑާލާފައިވެ އެވެ. އެގޮތުން މިދިޔަ މެއި މަހުވެސް އެ އިމާރާތުން ފެން ކަނޑާލި އެވެ.
އެ ދުވަހު ދެ ގަޑީއިރެއް ހާއިރަށް ފެން ކަނޑާލުމަށް ފަހު އަލުން ހިދުމަތް ދިނީ ބިލް ދެއްކީމައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
ދައުލަތުގެ ކުންފުންޏަކަށް ވާތީ އެ ކުންފުންޏަށް ބިލު ދެއްކުމުގައި ލުއިތަކެއް ދީފައިވެ އެވެ. އެ ލުއިތަކާއި އެކުވެސް ބިލު ނުދައްކާ ގޮތަ މަސްތަކެއްވާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް