ބަނގުރާ ކައްކަނިކޮށް ދޮރު ވައްޓާލި ގެއިން ބިދޭސީަކު ހައްޔަރު ކޮށްފި

ބަނގުރާ ކައްކަނިކޮށް ދޮރު ވައްޓާލައިގެން ސަލާމަތީ ބާރުތަކުން ވަތް ގެއިން ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ. އެ ގޭ ދޮރު، ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިން މިއަދު ހެނދުނު ވައްޓާލީ ދުން އަރާކަމުގ...

13 Oct 2022 | 07:40

ބަނގުރާ ކައްކަނިކޮށް ދޮރު ވައްޓާލައިގެން ސަލާމަތީ ބާރުތަކުން ވަތް ގެއިން ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

އެ ގޭ ދޮރު، ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިން މިއަދު ހެނދުނު ވައްޓާލީ ދުން އަރާކަމުގެ ރިޕޯޓު ކޮށްގެން ގޮސް ތަޅާތަޅާ ނުހުޅުވުމުންނެވެ. އެއީ ހެނދުނު 6:12 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެގެއިން 34 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެގެއިން އެރި ދުމަކީ ބަނގުރާ ކައްކާތީ އެރި ދުމެއްކަން ގެއަށް ވަނުމުން އެނގުނު ކަމަށެވެ. އަދި ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ސާމާނުވެސް އެގެއިން ފެނުނު ކަމަށް ވދިާޅުވި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް