މިދިޔަ މަހު މީރާއަށް 1.4 މިލިއނަް ރުފިޔާ ލިބުނު

މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މީރާގެ ތަފާސް ހިސާބު ދައްކާގޮތުން އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 29 ޕަސެންޓު...

13 Oct 2022 | 05:34

މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ ތަފާސް ހިސާބު ދައްކާގޮތުން އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 29 ޕަސެންޓު ދަށް އަދަދެކެވެ. އެކަމަކު އެއީ ދައުލަތަށް އެ މަހަށް އަންދާޒާ ކުރި ވަރަށް ވުރެ 11 ޕަސެންޓު އިތުރު އަދަދެކެވެ.

މީރާއިން ބުނީ މައިގަނޑު ގޮތެއްގައި މިދިޔަ މަހުގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ ދަށްވީ، ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ނެގޭ ކުއްޔާއި އިންކަމް ޓެކުހުން ލިބުނު އާމްދަނީ ދަށްވުމުންނެވެ.

އެއީ މިދިޔަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ހުށަހެޅުމާއި ފައިސާ ދެއްކުމުގެ މުއްދަތު އެ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކުރުމުންނެވެ. ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި މި އަހަރުގެ ހަތަަރު ވަނަ ކުއާޓަރުގައި ކުލި ދައްކަން ޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވުމުން މި މަހަށް އެ މުއްދަތު ފަސްކުރުމުން ސެޕްޓެމްްބަރު މަހުގެ އާމްދަނީ އިތުރުވީ އެވެ.

މިދިޔަ މަހަށް އަންދާޒާކުރި އާމްދަނީ އަށް ވުރެ ލިބުނު އާމްދަނީ އިތުރުވީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އާއި ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޓީޖީއެސްޓީ އަދި ޖީޖީއެސްޓީ ނެގުން ބޮޑުތަނުން އިތުރުވުމުން ކަމަށް މީރާ އިން ބުންޏެވެ.

ޓެކްސް އިދާރާ އިން ބުނިގޮތުގައި، މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ޖުމްލަ އާމްދަނީގެ 45.6 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް