ބޯ ވާރެޔާއެކު 50 މޭލަށް ވައި ގަދަވެދާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު

ބޯ ވާރެޔާއެކު 50 މޭލަށް ވައި ގަދަވެދާނެކަމަށް ލަފާކޮށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަޏީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރ...

13 Oct 2022 | 04:05

ބޯ ވާރެޔާއެކު 50 މޭލަށް ވައި ގަދަވެދާނެކަމަށް ލަފާކޮށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަޏީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 09:15 އިން މެންދުރުން އަނބުރާ 1:00 އާއި ދެމެދުގެ ވަގުތަށެވެ.

ރީނދޫ، މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް