ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި ހުންނަވަނީ ދައުލަތުގެ ހަރަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ މޭ ހަވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގައި ލިބުނު އަނިޔާތަކަށް އިތުރު ފަރުވާއަށް ފަސްމަސް ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެން މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ނެވެ.
މެއި ހަވަނަދުވަހު އެމަނިކުފާނަށް އަމާޒުކޮށްގެން ދީފައިވާ ބޮމުގެ ހަމަލާއަށްފަހު ދައުލަތުން މަޖިލީހުގެ ރައީސްއަށް ރަސްމީ ގެކޮޅު ހަމަޖައްސަވާފައިވާއިރު، ރައީސް ނަޝީދު ދިރިއުޅުއްވަން ރަސްމީ ގޮތުން ހަމަޖައްސާފައިވަނީ މ. މުރައިދޫގެ އެވެ.
ނަމަވެސް ބޭސްފަރުވާ އަށްފަހު ނަޝީދު އެނބުރި ވަޑައިގެންއިރު ވެސް އެ ގޭގެ ބައެއް މަރާމާތުތައް ނުނިމޭތީވެ ވަގުތީގޮތުން ނަޝީދު ދިރިއުޅުއްވަނީ ހޮޓެލް ޖެންގަ އެވެ.
ވަކިން ތަނެއްގައި ނަޝީދު ބެހެއްޓުން އެއީ ސަލާމަތްތެރިކަން ބޮޑު ގޮތެއްކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދެކެލައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ހުންނަން ހަމަ ޖެހިފައިވާ ގެކޮޅު ކަމުގައިވާ މ. މުރައިދޫގޭގެ މަރާމާތު ތައް މިމަސް ނިމޭއިރު ނިމޭނޭކަމަށް ޕްލޭނިން މިނިސްޓްރީން މަޢުލޫމާތު ދެއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް