ސާފް ޗެމްޕިއަންޝިޕް 2021: ދިވެހި ސަޕޯޓަރުން ދުލެއް ނުދޭ، އެކި ސަރަހައްދުތައް ފުރާލައިފި

މިހާރުކުރިއަށް ދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާއި އިންޑިއާ މިހާރު ކުޅެމުންދާ މެޗު ބެލުމަށް މާލޭގެ އެކި ސަރަހައްދުތަކަށް ދިވެހި ސަޕޯޓަރުން ޖަމާވެއްޖެ އެވެ. ކޮވިޑު ބަލީގެ ސަބަބުން ދަނޑަށް ކ...

13 Oct 2021 | 16:15

މިހާރުކުރިއަށް ދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާއި އިންޑިއާ މިހާރު ކުޅެމުންދާ މެޗު ބެލުމަށް މާލޭގެ އެކި ސަރަހައްދުތަކަށް ދިވެހި ސަޕޯޓަރުން ޖަމާވެއްޖެ އެވެ.

ކޮވިޑު ބަލީގެ ސަބަބުން ދަނޑަށް ކުޅިބަލަން ވައްދާ އަދަދު މަދުކޮށްފައިވާތީ ގިނަ ބަޔަކަށް ވަނީ ޓިކެޓު ނުލިބިފަ އެވެ. އެހެންނަމަވެސް "ފުރަމާލޭ" ގެ އެކި ސަރަހައްދުތަކުގައި ވަނީ ބޮޑު ސްކްރީނުން މެޗު ބެލޭނޭ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އެގޮތުން ސަރުކާރުން ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯ ބޮޑު ސްކްރީން، ކާނިވާ ސަރަހައްދު އަދިސޯޝަލް ސެންޓަރު ސަރަހައްދުގައި ވަނީ ބޮޑު ސްކްރީން ބަހައްޓާފަ އެވެ. އަދި އަމިއްލަ ފަރާތްތަކުން ވެސް ވަނީ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބަހައްޓާފަ އެވެ.

އެހެންކަމުން ދަނށޑަށް ވަނުމުގެ ފުރުސަތު މި މެޗަށް ނުލިބުނު އެންމެންކަހަލަ ގޮތަކަށް ވަނީ ބޮޑު ސްކްރީނުން މެޗު ބެލުމަށް ޖަމާވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް