ބަރަހާނާ ފޮޓޯތަކެއް ލީކު ކުރި މަސާއިދުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފި

މީސް މީޑިޔާގައި އެކި މީސްމީހުންގެ ބަރަހާނާ ފޮޓޯތަކެއް ލީކު ކުރި މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސަމީއުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މަސާއިދ...

13 Oct 2021 | 11:51

މީސް މީޑިޔާގައި އެކި މީސްމީހުންގެ ބަރަހާނާ ފޮޓޯތަކެއް ލީކު ކުރި މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސަމީއުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މަސާއިދު އެކި މީސްމީހުންގެ ފޮޓޯ ލީކު ކޮށްފައިވަނީ އެމީސްމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްގެންނެވެ. މި މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ.

އަދި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ވަނީ އޭނާގެ މައްޗައް އެގާރަ ދައުވާ އެއް އުފުލާފައެވެ.

އެގޮތުން އޮރިޔާން ކާޑޫ ގެންގުޅުމުގެ ކުށުގެ ތިން ދައުވާއާއި، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ އާއި، އެނގިހުރެ ހުއްދަ ނޫން ގޮތުގައި މަޢުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ އާއި، އަދުލު އިންސާފު ޤާއިމު ކުރަން ހުރަސް އެޅުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗައް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި އަދި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ޕީޖީ އޮފީހާއި ފުލުހުން ބުނެފައިވާ ގޮތުން މީނާއަކީ އެކި ދުވަސްވަރު މަތިން މިފަދަ ކުށުގެ ރެކޯޑު އޮތް މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް