"އަނެއްދިވެހިރާއްޖެ" އަކީ ރައީސް ނަޝީދުގެ ޓުވިޓާ އެކައުންޓެއް ކަމަށް އެންމެ ފަހުން އެއްބަސްވެއްޖެ!

"އަނެއްދިވެހިރާއްޖެ" އަކީ އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެންމެ ފަހުން އެއްބަސްވެވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެއްބަސްވެވ...

13 Oct 2021 | 10:29

"އަނެއްދިވެހިރާއްޖެ" އަކީ އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެންމެ ފަހުން އެއްބަސްވެވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެއްބަސްވެވަޑައިގަތީ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ އެ އެކައުންޓަކީ އެމަނިކުފާނު ގެންގުޅުއްވާ އެކައުންޓެއްކަމަށް ވިދާޅުވެފައެވެ.

27.5 ހާސް މީހުން ފޮލޯކުރާ މި އެކައުންޓުގެ ނަމަކަށް ކުރިން ލިޔެފައި އޮންނަނީ "އެލެކްސް އަހުމަދު" އެވެ.

މީގެ ކުރިން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ސިޔާސީ މަސައްކަތާއި ލިއުމުގެ މަސައްކަތް އެއީ ތަފާތު ކަމެއް ކަމަށެވެ. އެގޮތުން އެލެކްސް އަކީ އެމަނިކުފާނު ލިޔުއްވި ފޮތުގައި އުޅޭ "ހަސަން ކުރުސީގެ" ހަގު ކޮއްކޮ ކަމަށް ވެދާނެ ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ.

މިހާރު އެ އެކައުންޓުގެ ނަން ވަނީ "އެލެކްސް އަހުމަދު" އިން "އެމްއެން އޮފިޝަލް" އަށް ބަދަލުކޮށްފައެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް ނަޝީދު ވަނީ ތާރީޚީ ވާހަކަތައް އެ އެކައުންޓުން ހިއްސާ ކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް