ފާޑުކިޔުން އަމާޒުވުމުން މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން މިއުޒިކް ޝޯ ބާއްވަން ބައިވެރި ނުވާ ކަމަށް!

ފާޑުކިޔުން އަމާޒުވުމުން ސިޓީ ކައުންސިލުން މިއުޒިކް ޝޯ ބާއްވަން ބައިވެރި ނުވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒުވިދާޅުވެއްޖެ އެވެ. ޑރ. މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މިރޭ އިންޑިއާ އާއި ދެކޮޅަށް...

13 Oct 2021 | 10:17

ފާޑުކިޔުން އަމާޒުވުމުން ސިޓީ ކައުންސިލުން މިއުޒިކް ޝޯ ބާއްވަން ބައިވެރި ނުވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒުވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މިރޭ އިންޑިއާ އާއި ދެކޮޅަށް ރާއްޖެއިން ކުޅެން ހަމަ ޖެހިފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕް މެޗުން ރާއްޖެ މޮޅުވެެއްޖެނަމަ ޝޯވް ބާއްވަަން ސިޓީ ކައުންސިލުން އިސްނަގައިގެން ނިންމާފައިވާ ކަމަށް ޓްވީޓް ކުރުމަށްފަހު އެ ކަމަށް ފާޑުކިޔުން އަމާޒުވުމުން އެ ޓްވީޓް މާލޭ ސިޓީ ކައުންސިލުން ޑިލީޓް ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ސިޓީ ކައުންސިލުން އިއްޔެ ހަވީރު ކުރި މި ޓްވީޓްގައިވާ ގޮތުން ފޯރި ނަގާލާ ގިނަބަޔަކަށް ބައިވެރި ވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލާއި، އެފްއޭއެމް، އުރީދޫ އަދި މީޑިއާ ނެޓާއި ގުޅިގެން މެޗްބެލުމުގެ އިތުރުން ކާނިވާ ސަަރަހައްދުގައި މިއަދު ހަވީރުން ފެށިގެން މިއުޒިކް  ޝޯއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އުރީދޫ ސާފް ޗެމްޕިއަން ޝިޕް މެޗްގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާއި ހަމަޔަށް ކޮންމެ ރެޔަކުވެސް މި މިޔުޒިކް ޝޯވް ތައް އޮންނާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ނަމަވެސް މި ކަމަށް  އާންމު ރައްޔިތުންނާއި ޢިލްމު ވެރިންގެ ފާޑުކިޔުންތައް އަމާޒުވެ، ހޫނުފެނަށް ވެއްޓުމުން މިވަނީ މިޓްވީޓް ޑިލީޓް ކޮށްލާފައެވެ. މީގެ އިތުރުން މިއަދު ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލުން ބާއްވާ އެއްވެސް މިޔުޒިކް ޝޯއެއް ނޯންނާނޭ ކަމަށެވެ. އަދި ކައުންސިލުން އިސްނަގައިގެން ކުރިޔަށް ގެންދަން އުޅުނީ މެޗު ބަލަން ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއްތަނެއްގައި ތިބެ މެޗު ބެލޭނެ އިންތިޒާމު ހަަމަޖައްސައި ދިނުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް