ޕެންޝަން އޮފީހުގެ ސީއީއޯ މަޤާމުން ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ހުރި އިނގެރޭސި ވިލާތުގެ ރައްޔިތެއްކަމުގައިވާ ޖޯން ގްރިންޑަލް މަޤާމުން ވަކިކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން ޕެންޝަން އޮފީހުން މިއަދު މީޑިއާއަށް މައުލޫމާތު ދެެއްވި ގ...

13 Oct 2021 | 08:53

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ހުރި އިނގެރޭސި ވިލާތުގެ ރައްޔިތެއްކަމުގައިވާ ޖޯން ގްރިންޑަލް މަޤާމުން ވަކިކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޕެންޝަން އޮފީހުން މިއަދު މީޑިއާއަށް މައުލޫމާތު ދެެއްވި ގޮތުގައި ޖޯން އެ މަޤާމުން ވަކި ކޮށްފައި ވަނީ އިއްޔެއެވެ. ޕެންޝަން އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި ޖޯން މަޤާމުން ވަކިކުރީ ސުލޫކީ މައްސަލައެއްގައެވެ.

ޖޯން ވަކިކުރީ ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިގެން ކަމަށްވެސް ހާމަ ކުރިއެވެ.

ޖޯން ޕެންޝަން އޮފީހަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައެވެ.

އެއީ އެމަޤާމުގައި ކުރިން ހުންނެވި މުހައްމަދު ހުސައިން މަނިކު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. ޖޯންއަކީ އިންޝުއަރެންސް އާއި ޕެންޝަނުގެ ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް