ރެއާއި ހަމައަށް 24 ގަޑިއިރު ތެރޭ ކޯވިޑްގައި ތިން މީހަކު މަރުވެއްޖެ

ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު ދެ މީހަކު މަރުވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ފުރަތަމަ މަރުވެފައިވަނީ 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ 9:20 ...

13 Oct 2021 | 08:39

ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ފުރަތަމަ މަރުވެފައިވަނީ 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ 9:20 ހާއިރު އެވެ.

އެޗްޕީއޭއިން ބުނީ އެމީހާއަކީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު މީހެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވި އިރު ކޯވިޑް ޖެހިގެން ހޯމް ކަރަންޓީންގައި އޮންނަތާ ހަ ވަރަކަށް ދުވަސް ވެއްޖެ އެވެ.

ދެން މަރުވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ދަންވަރު 1:30 ގައި އެވެ.

އެމީހާ މަރުުވި އިރު ފަރުވާ ދެމުން ދިޔައީ އައްޑޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގަ އެވެ.

24 ގަޑިއިރު ތެރޭގައި ކޯވިޑްގައި ތިން މީހަކު އިއްޔެ މަރުވެފައިވެ އެވެ. ރޭ މަރުވި ދެމީހުންގެ އިތުރުން އިއްޔެރޭ ފަތިހު 5:10 ހާއިރުވެސް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައިވެ އެވެ.

ކޯވިޑް ބަލީގައި މިމަހު މީހުން ދުނިޔެ ދޫކުރާ އަދަދު ވަނީ އިތުރުވެފައި އެވެ. އެގޮތުން މިހާތަނަށް ހަ މީހުން ބަލީގައި މިމަހު މަރުވެފައިވެ އެވެ.

މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 237 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް