އިންޑިއާ - މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ހަރަކާތް ބާއްވައިފި

އިންޑިއާ ހައިކޮމިޝަންއިން މިނިސްޓްރީ އޮފް ޓުއަރިޒްމް އަދި އެމްއެމްޕީއާރްސީ ގުޅިގެން ހޮޓެލް ޖެންގައި އިންޑިއާ-މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ބައްދަލުވުން އިއްޔުެ ބާއްބައިފިއެވެ. އިންޑ...

13 Oct 2021 | 08:12

އިންޑިއާ ހައިކޮމިޝަންއިން މިނިސްޓްރީ އޮފް ޓުއަރިޒްމް އަދި އެމްއެމްޕީއާރްސީ ގުޅިގެން ހޮޓެލް ޖެންގައި އިންޑިއާ-މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ބައްދަލުވުން އިއްޔުެ ބާއްބައިފިއެވެ.

އިންޑިއާގެ ޓުއާރ އެންޑް ޓްރެވެލް އޭޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން ޓްރެވެލް ލިޔުންތެރިން އަދި މުމްބާއިގެ އޯޓީއެމް ތަމްސީލުކުރާ ފަރާތްތައް ހިމެނޭ ވަފުދަކަށް ވަނީ މި ބައްދަލުވުމަށް ދައުވަތު އެރުވިފައެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިމުގެ ދާއިރާގެ އެކިއެކި ހިއްސާދާރުން ވެސް ބައިވެރިވިއެވެ. އިންޑިއާގެ ވަފްދު މި ބައްދަލުވުމަށް ފަހު އިންޑިއާ އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ގުޅުވުމަށް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރާނެއެވެ.

މި ބައްދަލުވުމުގައި ކީނޯޓް ސްޕީކަރ، ޓުއަރިޒްމް މިނިސްޓަރު ޑރ. މައުސޫމްގެ އިތުރުން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު އަދި އެމްއެްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބް މުހައްމަދު އަދި އޯޓީއެމްގެ ސީއީއޯ އަދި ޗެއަރމަން، ސަންޖީވް އަގަރްވާލް އަދި  އިންޑިގޯ އެެއަރލައިންސްގެ ނައިބު ރައީސް އިޝާން މުނަަވީރާ ވެސް ވާހަކަފުޅު ދެއްކެވިއެވެ.

އިންޑިއާގެ މި ވަފްދުގެ އަމާޒަކީ ރާއްޖޭގެ ޓުއަރިޒްމްގެ، އެންމެ މަތީ ފަންތީގެ އަދި އެމްއައިސީއީ، ގެސްޓްހައުސް އަދި ފިލްމު ޕްރޮޑަކްޝަންއަށް ހާއްސަ ކޮށްގެން އިންޑިއާއާއި ފަތުރުވެރިކަން އިތުރަށް ގުޅުވާލާ އަދި ފުޅާކުރުމެވެ. އޯޓީއެމްގެ އޮންލައިން ޕްލެޓްފޯމް ބީ2ބީ ޓްރެވެލް މާޓް އަކީ އިންޑިޔާގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބައިނަލްއަޤްވާމީ ޓްރެވެލް އޭޖެންސީތަށް އަދި ފަތުރުވެރިން ބޭނުންކުރާ މިފަދަ ޕްލެޓްފޯމް އެވެ. މި ބައްދަލުވުގެ އަދި އިންޑިއާ ވަފްދުގެ ދަތުރުތަކުގެ ޓްރެވެލް ޕާޓްނާޒް އަކީ އިންޑިގޯ އެެއަރލައިންސް، ޓީއެމްއޭ އަދި މަންތާ އެއާ އެވެ.

އިންޑިގޯ އަކީ ބަޖެޓް އެއާލައިންސް ތެރެއިން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އެއާލައިންއެވެ.އަދި އިންޑިއާގެ 6 ސިޓީއަކުން މާލެއަށް ހަފްތާއަކު 35 ފްލައިޓް އަޅާ ރާއްޖެއާއި އިންޑިއާ ގުޅާލަދޭ އެންމެ ބޮޑު އެއާލައިންއެވެ.

މީގެ 3 އަހަރު ކުރިން ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ވަނަ ގައުމްގައި އޮތް އިންޑިއާ މިއަދު ވަނީ ލިސްޓްގެ އެއްވަނައިގައެވެ. މިއަދު ރާއްޖެ އަންނަ ކޮންމެ 4 ފަތުރުވެރިއަކުން އެކަކީ އިންޑިއާގެ ފަތުރުވެރިއެކެވެ. 2021 ފުރަތަމަ 9މަސް ތެރޭގައި 200000 އިންޑިއާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ 2019ގައި ކޮވިޑް ޕެންޑެމިކްގެ ކުރިން ރާއްޖެ ޒިޔާރަތް ކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދަށް ވުރެ ބޮޑު އަދަދެކެވެ.

ރާއްޖޭއާއި އިންޑިއާ ދެމެދު ހަފްތާއަކު 60 ފްލައިޓް އަޅައެވެ. އެއީ އިންޑިއާގެ 5 އެއާލައިން، އެއާ އިންޑިއާ، އިންޑިގޯ،  ގޯފަސްޓް، ސްޕައިސްޖެޓް، ވިސްތާރާ، އަދި ރާއްޖޭގެ މޯލްޑިވިއަން އެއަރޯ އިންނެވެ. މޯލްޑިވިއަން އެއަރޯ އިން އިންޑިއާގެ 7 ސިޓީއަކަށް  މާލެއިން ދަތުރުކުރެއެވެ. މީގެ އިތުރުން ކައިރި މުސްތަޤްބަލެއްގައި މާފަރު އަދި މާމިގިލި އެއާޕޯޓުންވެސް މޯލްޑިވިއަން އަދި ފްލައިމީގެ ދަތުރުތައް އިންޑިއާއަށް ކުރަން ފަށާނެއެވެ.

އިންޑިއާ އަދި ދިވެހިރާއްޖޭ އެއާބަބްލް އެއްބަސްވުން އޯގަސްޓް މަހުގައި ގާއިމްކުރެވުނު ހިސާބުން އިންޑިއާގެ ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުން ލިބުނެވެ. ތިންވަނަ ގައުމަކަށް ދަތުރު ކުރުމަށް އިންޑިއާގެ ރައްޔިތުންގެ ޓްރާންސިޓް މަންޒިލަކަށް ރާއްޖޭވުމުގެ ސަބަބުން ކޮވިޑް-19 ޕެންޑެމިކްގައި އެންމެ އަސަރުކުރި ގެސްޓްހައުސް ތަކަށްވެސް ވަރަށް ބޮޑު ކުރިއެރުން ލިބުނެވެ.

އިންޑިއާ މޯލްޑިވްސް ރައުންޑްޓޭބަލް އަދި އިންޑިއާ ވަފްދުގެ ދަތުރުތަކުގެ ސަބަބުން އިންޑިއާއި ރާއްޖޭގެ ފަތުރުވެރިމުގެ ގުޅުން އިތުރަށް ކުރިއަރާ، ފުޅާވެގެން ދާނެއެވެ. އިންޑިއާގެ ފަތުރުވެރިންގެ ޢަދަދު އިތުރުވުމުން ރާއްޖޭގެ އިގްތިސާދް ރަނގަޅުވެ ދެގައުމު ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް