ކިނަޅޮސް ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ފުންކޮށްފި

ރ. ކިނަޅޮސް ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ނެރު ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމަލައިފިއެވެ. އެ ކުންފުނިން ބުނީ އ...

13 Oct 2021 | 07:53

ރ. ކިނަޅޮސް ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ނެރު ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމަލައިފިއެވެ.

އެ ކުންފުނިން ބުނީ އަދިވެސް މި މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.

ކިނޮޅަހު ބަނދަރުގެ ނެރުމައްޗާ ދިމާލުން ވަރަށް ބޮޑަށް ވެލި އަރައި ރަށަށް އަރައިފޭބުމަށް ހުރަސްތަކެއް އެޅިފައިވާތީ މިދިޔަ ބުދަ ދުވަހު އެރަށުގެ ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ.

ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި، ބަނދަރުން އޮޑިދޯނިފަހަރު ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ކިނޮޅަސް ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިންމައި ހައްލުކުރާނެ ފަރާތެެއް ހޯދުމަށް ބީލަން ހުށަހެވާޅުމަށް ފުރަތަމަ ހުޅުވާލީ މިއަހަރުގެ މާޗު މަހުގެ ތެރޭގެވެ. ނަމަވެސް ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު ޖުލައި މަހުގެ ތެރޭގައި އަލުން ބީލަމަށް ހުޅުވާލިއެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކަށް ބީލަން ހުށަހަޅާފައި ނުވުމުން، ޑައިރެކްޓް އެވޯޑުގެ އުސޫލުގެ ދަށުން ބިޑަށް ހުޅުވާލުމެއް ނެތި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް