ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.
އެ މައްސަލައިގަ ފުލުހުން ހޯދަމުން ދަނީ ނ. ހޮޅުދޫ، އުމުރުން 27 އަހަރުގެ އަބްދުﷲ ރަޖީހު އެވެ.
ފުލުހުން ބުނީ އެމީހާ އާއި ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގު ކުރަމުންދަނީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކަމަށެވެ. އެކަމަކު އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރެވިފައި ނުވާ ކަމަށް ބުނެ އެވެ.
އޭނާ ހޯދަން ފުލުހުން އާންމުކޮށްފައި މި ވަނީ އޭނާގެ އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުންނެވެ.
އެމީހާ އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 އަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގައިފަ އެވެ.
އާންމުކޮށް ގެވެށި އަނިޔާތަކުގައި މީހުން ހޯދަން އިއުލާނު ކުރަނީ ވަރަށް މަދުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް