ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނާޢި ޓީޗަރުން ވެސް ތިބީ ދިވެހި ގައުމީ ޓިމުގެ ފަހަތުގައިކަން ހާމަކޮށްފިއެވެ.
މިއަދު ބައެއް ސްކޫލްތަކުން މީސްމީޑިއާގައި ދޫކޮށްލި މަންޒަރުތަކުން ފެންނަނީ އުފާވެރިކަމެވެ. ދަރިވަރުންނާއި ޓީޗަރުންގެ ހިތްތަކުގައި ގައުމީ ޓީމަށް ދެވިފައިވާ ލޯޔްބާޢި ގަދަރެވެ.
ބައެއް ސޫކްލްތަކުގެ ދަރިވަރުންނާޢި ޓީޗަރުން މިއަދު ސްކޫލަށް ހާޒިރުވީ ރަތްކުލައިގެ ހެދުމުގައެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕް2021ގައި މިރޭ ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަކީ ދިވެހިރާއްޖެ އަށް މުހިންމު މެޗެކެވެ. އެއީ މިރޭގެ މެޗުން ނުކުންނަ ނަތީޖާއިން ފައިނަލަށް ދާނެ ޓީމެއް ކަށަވަރުވާނެއެވެ. ދިވެހިރާއްޖެ އަށް ފައިނަލަށް ދެވޭނީ އިންޑިއާ ބަލިކޮށްގެންނެވެ. ނުވަތަ މެޗުން އެއްވަރު ވެގެންނެވެ.
https://twitter.com/KDS197/status/1448145047396884485
މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ދެން ބާކީ އޮތީ ދެ މެޗެވެ. އެއީ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗާއި ނޭޕާލާއި ބަނގްލަދޭޝް ބައްދަލުރާ މެޗެވެ.
ލީގު ބުރުގެ ފަހު ދެ މެޗު ބުދަ ދުވަހު ކުޅޭއިރު، މި ދެ މެޗުގެ ތެރެއިން ބުދަ ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރާ މެޗެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އިންޑިއާ އެވެ.
https://twitter.com/KinbidooSchool/status/1448168863267377156
މިހާރު ގުރޫޕު އޮތް ގޮތުން ނޭޕާލް އޮތީ ގުރޫޕުގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ ރާއްޖެއެވެ. މި ދެޓީމަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު، ނޭޕާލަށް ގުރޫޕުގެ ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިންވަނާގައި އިންޑިއާ އޮތް އިރު، ހަތަރުވަނާގައި އޮތީ ބަނގްލަދޭޝްއެވެ. ފަސްވަނާގައި އޮތީ ލަންކާއެވެ. ލަންކާ ވަނީ މުބާރާތުން ކަޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް