މިއުޅެނީ ނާޗަރިންގީ ކުޅޭކަށް ނޫން، ބޮޑުބެރުޖަހަން: މިނިސްޓަރު މަހުލޫފު

މިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރު ކަމަށ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މަހުލޫފު މިހެން ވިދާޅުވީ، ދިވެހިރާއްޖެ އާއި އިންޑިއާ މިރޭ ކުޅޭ ސާފ...

13 Oct 2021 | 06:22

މިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރު ކަމަށ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ، ދިވެހިރާއްޖެ އާއި އިންޑިއާ މިރޭ ކުޅޭ ސާފްޗެމްޕއަންޝިޕްގެ ސެމީ ފައިނަލް މެޗުން ދިވެހިރާއްޖެ މޮޅުވެއްޖެ ނަމަ މިއުޒިކު ޝޯވްތަކެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެއްވަމުންނެވެ.

މަހުލޫފު ވިދާޅުވީ، މިއުޅެނީ ފުޓުބޯޅަ ފޯރިނަގަން ކަމަށާއި ނާޗަރަންގީ ކުޅޭން ނޫން ކަމަށެވެ. އަދި ދަނޑުގައި ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއުޒިކު ޝޯ ބާއްވާނެކަން އިއުލާންކުރުމުން ރާއްޖޭގައި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް ވިދާޅުވީ، މޮޅުވިޔަސް ބަލިވިޔަސް ހިސާބުގަނޑު މީހުންނަށް އުޅެން އުނދަގޫވާ ޒާތުގެ ކަންކަންކޮށްގެން ނުވާނެ ކަމަށެވެ. އަދި އިޔާޟް ވިދާޅުވީ އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތް ތަކުގައި ތަޅާ ހުސްކުރަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ދީނީ ކަންކަން ޕްރޮމޯޓްކުރުމުގައ ޢިލްމުވެރިންނާ އެކު އުޅުއްވާ ކުޜިގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރަމީޒު ވިދާޅުވީ، ކާމިޔާބު ލިބުމުން މާތް ﷲއަށް އުރެދުމުގެ ބަދަލުގައި މާތް ﷲއަށް ޝުކުރު އަދާ ކުރުން ހެޔޮކަންބޮޑު ކަަމަށެވެ. އޭނާ ވަނީ، އެގޮތަށް ކަންތައް ނުކުރުމަށް މަހުލޫފުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

ކިޔާލަން މުހިންމު: މިއުޒިކާއި ލަވަ ހަރާމްކަން ދޭހަވާ ބައެއް ދަލީލުތައް!

ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ[لقمان:6] މާނައީ " އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކު ވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އެބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." އަދި އިމާމް އިބްނި ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދު ވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ. އަދިވެސް މިފަދައިން ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިބްނު ޢައްބާސާއި، މުޖާހިދާއި، ޘައުރީ އާއި މަކްޙޫލް ރަޟިޔަﷲ ޢަންހުމް ފަދަ ބޭފުޅުން ހިމެނެއެވެ.

އަދިވެސް ﷲ އަލް އިސްރާ ސޫރަތުގައި ވަޙީކުރައްވާފައި ވެއެވެ. وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ[الإسراء:64] މާނައީ " އަދި އެބައިމީހުންގެ ތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! "ތަފްސީރު ޢިލްމުވެރިންގެ ތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ.

ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް ބަލާލާއިރު މިކަމަށް ދަލީލުކޮށްދޭ ބަސްފުޅުތައް ނުހަނު ގިނަ ގުނައެވެ. އެގޮތުން ކޮންމެވެސް ވަރެއް ބަޔާންކޮށްލާނަމެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.))ليكونن من أمتي أقوام يستحلون الحروالحرير والخمر والمعازف(((رواهالبخاريفي صحيحهمعلقاً بصيغة الجزم) މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކު މީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ".)) صوتان ملعونان في الدنيا والآخرة: مزمار عند نعمة، ورنة عندمصيب(((روىالبزارفي مسنده،صححهالألبانيفي تحريمآلات الطرب) މާނަޔަކީ: "ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިގެންވާ ދެއަޑެއް ވެއެވެ. އެއީ ނިޢުމަތެއް (އުފާވެރިކަމެއް) ލިބޭހިނދު އިވޭ އަޑަކާއި، މުޞީބާތެއް (ހިތާމައެއް) ލިބޭހިނދު އިވޭއަޑެކެވެ. "ޢިލްމުވެރިން ވިދާޅުވާ ގޮތުންނަމަ، އުފާވެރިކަމެއް ދިމާވާ ހިނދު އިވޭ އަޑެކޭ ބުނެވޭ ބަހުގެ މުރާދަކީ އުފާވެރި މުނާސަބަތު ތަކުގެ ނަމުގައި ކިޔޭ ލަވަތަކާއި ކުޅެވޭ މިއުޒިކާއި ނެށުމުގެ ވާހަކައެވެ. އެހެނެއް ކަމަކު އުފާވެރިކަމެއް ދިމާވާ ހިނދު ޝުކުރު ދަންނަވަން ޖެހޭނީ އެއްކައުވަންތަ ﷲ އަށެވެ. ލަވަޔާ މިއުޒިކަކުން ނޫނެވެ.))في هذه الأمة خسف ومسخ وقذف، قالرجل من المسلمين: يا رسول الله، ومتى ذلك؟ قال: إذا ظهرت القينات والمعازف وشربتالخمر((رواهالترمذيوصححهالألبانيމާނައީ: "މިއުންމަތުގެ ތެރެއިން ބަޔަކު ޤަޛުފް ކުރެވި، ސިފަބަދަލުވެ، ބިމަށް ގަންބަވައި ގަނެވޭނެއެވެ. އެހިނދު މުސްލިމުންގެ ތެރެއިން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެއީ ކޮން އިރަކުން ތޯއެވެ؟ އެހިނދު ޙަދީޘްފުޅުކުރެއްވިއެވެ. ރާބުއިމާއި މިއުޒިކުސާމާނާއި އަޅުން ޢާއްމު ވުމުންނެވެ."))ليشربن ناس من أمتي الخمر يسمونهابغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهمالقردة والخنازير(((صححهالألبانيفي غايةالمرام)

މާނައީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެ ތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް