ދިވެހި ފިލްމީ ތަރި މަރިޔަމް އައްޒަ ދެވަނަ ދަރިފުޅު ލިބެން އުޅޭ ކަހަލަ އިޝާރާތެއް އޭނާ ކޮށްފި އެވެ.
މިއީ ތެދަކަށް ވެއްޖެ ނަމަ އެއީ ފިލްމީ ތަރި އަބްދުﷲ މުއާޒް އާއި އައްޒަގެ ދެމަފިރިންނަށް ލިބޭ ފުރަތަމަ ދަރިފުޅެވެ. މި ދެ ތަރިން ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރު އައި އެންމެ ރީތި އެއް ތާރީހު ކަމަށްވާ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.
ބަލިވެ އިންކަން ރަސްމީކޮށް އައްޒަ ހާމަ ނުކުރި ނަމަވެސް އައްޒަގެ ފޭސްބުކާއި އިންސްޓަގްރާމް ޕޭޖަށް އިއްޔެ ލާފައިވާ ޕޯސްޓަކުން އޭނާ ބަނޑުބޮޑުވުން ފަދަ އުފާވެރިކަމެއް އާއިލާއަށް ލިބިފައިވާކަން އެނގެ އެވެ. އައްޒަ ވަނީ "އަލްހަމްދުލިއްލާހި" ޖެހުމަށް ފަހު ހިތް އިމޯޖީތަކެއް ޖަހައި މުއާ ޓެގުކޮށްފަ އެވެ.
އެ ޕޯސްޓަށް ކޮމެންޓު ކުރި އާއިލާގެ ގިނަ މީހުންނާއި އެކުވެރިން މަރުހަބާކައި ލިބުނު އުފާވެރި ހަބަރަށް އަލްހަމްދުލިއްލާހި ޖަހާފައިވެ އެވެ. އެ ޕޯސްޓަށް ކޮމެންޓު ކުރި މީހުންގެ ތެރޭގައި އައްޒަ އާއި އެކު މަސައްކަތް ކޮށްފައިވާ ބައެއް ފިލްމީ ތަރިންވެސް ހިމެނެ އެވެ.
https://www.instagram.com/p/B827K-Eg-Xc/
https://www.instagram.com/p/B8IuWYZg88n/
އައްޒަ އާއި މުއާގެ ފުރަތަމަ ކައިވެންޏަށް ދެމީހުންގެ ދެ ދަރިން ތިބެ އެވެ.
މުއާ އާއި ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދަށް ލިބިފައިވަނީ އައިރިން އިބްރާހިމް މުއާޒު (ރޫބީ) އެވެ. އައްޒަ އާއި އެކްޓަރު އިސްމާއީލް ޖުމައިހް (ޖުމާ) އަށް ލިބިފައި ވަނީ އީތަން އިސްމާއިލް ޖުމައިހް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް