ކުޅުދުއްފުށީ ސިޓީގައި ނެއިބަހުޑް ޕޮލިސް ތަޢާރަފް ކުރުމަށް މަޝްވަރާ ކޮށްފި

ރައްޔިތުންނާއި ގާތުން ޙިދުމަތް ދިނުމަށްޓަކައި ހދ. ކުޅުދުއްފުށީ ސިޓީގައި ނެއިބަހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަ ކުރި ގޮތުގައި ނެއިބަރހުޑ...

13 Oct 2021 | 05:54

ރައްޔިތުންނާއި ގާތުން ޙިދުމަތް ދިނުމަށްޓަކައި ހދ. ކުޅުދުއްފުށީ ސިޓީގައި ނެއިބަހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަ ކުރި ގޮތުގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން އެ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއިއެކު މަޝްވަރާ ކުރީ އިއްޔެ އެވެ.

ރައްޔިތުންނާއި ގާތުން ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެށި ނެއިބަރހުޑް ޕޮލިސް ޙިދުމަތަކީ ފުލުހުންގެ ތެރެއިން ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ކަނޑައަޅައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙިދުމަތެކެވެ. މިގޮތުން ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމުން އާންމު ރައްޔިތުންގެ ޝަކުވާތަކާއި އެކި އެކި ކަންކަމާއި ގުޅޭގޮތުން ކަނޑައެޅިފައިވާ ނެއިބަރހުޑް ޕޮލިސް އޮފިސަރުންނާއި މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކުޅުދުއްފުށީ ސިޓީއަކީ އާބާދީ ބޮޑު ސިޓީއެކެވެ. އަދި މި ފަހަަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތައް އާންމުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެހެން ކަމުން ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުން ވެގެން ދާނީ ވަަރަށްވެސް ބޭނުންޖެހިފައިވާ ޙިދުމަތަކަށެވެ. މި ޙިދުމަތަކީ މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ވެސް މިހާރު ދެމުންދާ ޙިދުމަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް