ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ޖަޕާނުން 2.7 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ ރަސްމިއްޔާތުގައި މިއަދު ސޮއި ކޮށްފިއެވެ.
މި އެހީ ދީފައިވަނީ ޔޫއެންޑީޕީ އާއި ސަރުކާރާއި ގުޅިގެން ހިންގާ ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ (ޕީޑީއެސްއޭއީ) އަށެވެ. ޕީއެސްއޭއީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ކާބޯތަކެތީގެ ކަށަވަރުކަން އިތުރުކުރުމާއިއެކު ދަނޑުވެރިކަމުގެ ތެރޭގައި ހިމެނޭ ކާބޯތަކެތި ފަދަ ދަނޑުގޮވާން އުފެއްދުމަށް އެހީތެރިވެދިނުމެވެ. މީގެ އިތުރުން އަލަށް ދަނޑުވެރިކަމުގެ ދާއިރާއަށް ނުކުންނަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށް ދިނުމެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު މިކަމަށްޓަަކައި ބޭއްވުނު ރަސްމިއްޔާތެއްގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އާއި ޔޫއެންޑީޕީގެ ފަރާތުން އެންރިކޯ ގަވެގްލިއާ އެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި އެކުވެސް ޔޫއެންޑީޕީ އިން ސޮއި ކޮށްފައިވެއެވެ.
ތިން އަހަރު ދުވަހަށް ހިންގާ މި ޕްރޮޖެކްޓަކީ އޮކްޓޯބަރ 2024 އާ ހަމައަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މިއެއްބަސްވުމުގައި ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް 19 ގެ ޕެންޑަމިކް ތެރޭަގައި ދަނޑުވެރިކަން ކުރިއެރުވުމުގެ ބޭނުންތެރިކަން ފާހަގަ ވެގެން ހިނގައްޖެކަމަށާއި އެހެންކަމުން މިއީ ވަރަށް މުނާސަބު ވަގުތެެއްގައި ފަށާ މަޝްރޫއެއްް ކަމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖެއިން ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ކުރާ ވަރަށް މުހިންމު ތާރީޚީ ދަތުރެއްގެ ފެށުންކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް