ކަޅު ފައިސާއިން ރައްޔިތުންގެ ނިންމުން ޖަހައި ނުގަނެވޭނެ: އެމްޕީ އަބުޅޯ

ކަޅު ފައިސާއިން ރައްޔިތުންގެ ނިންމުން ޖަހައި ނުގަނެވޭނެ ކަމުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އެމްޕީ އަބުޅޯ) ވިދާޅުވެއްޖެއެވެ. އެމްޕީ އަބުޅޯ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވ...

13 Oct 2018 | 13:45

ކަޅު ފައިސާއިން ރައްޔިތުންގެ ނިންމުން ޖަހައި ނުގަނެވޭނެ ކަމުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އެމްޕީ އަބުޅޯ) ވިދާޅުވެއްޖެއެވެ.

އެމްޕީ އަބުޅޯ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓްގައެވެ.

އެ ޓްވީޓްގައި އަބުޅޯ ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާ ބެހޭގޮތުން ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގާ ހެކި އުފެއްދުމަށް ކަޅު ފައިސާ ވަރަށް ވަރަށް ގިނަ ފަރާތްތަކަށް ބަހަމުން އެބަގެންދާކަމަށެވެ.

މި މޭރުމުން އެމްޕީ އަބުޅޯ ޓްވީޓް ކުރައްވާފައިވާއިރު ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށްއެދި ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. މައްސަލަ ހުށަހަޅުއްވާފައިމިވަނީ އިންތިހާބުގައި ބޮޑުތަނުން ބަލިވުމުން އެ ބަލި ގަބޫލު ކުރެއްވުމަށްފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް