ފަލަސްތީނުގެ ހަތް މުސްލިމަކު ޝަހީދުކޮށްލައިފި

ގުދުސް އާއި މަސްޖިދުއްއަގްޟާގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުންގެ ކުރިއަށްގެންދާ މުޒާހަރާތަކުގައި އިޒްރޭލު ޔަހޫދީންގެ ހަމަލާތަކުގައި އިއްޔެ ހަތް މުސްލިމަކު ޝަހީދުވެއްޖެއެވެ. އިއްޔެގެ މި ހަމަލާއާއި ބ...

13 Oct 2018 | 12:31

ގުދުސް އާއި މަސްޖިދުއްއަގްޟާގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުންގެ ކުރިއަށްގެންދާ މުޒާހަރާތަކުގައި އިޒްރޭލު ޔަހޫދީންގެ ހަމަލާތަކުގައި އިއްޔެ ހަތް މުސްލިމަކު ޝަހީދުވެއްޖެއެވެ.

އިއްޔެގެ މި ހަމަލާއާއި ބެހޭގޮތުން އިޒްރޭލުން ބުނެފައިވަނީ އެ ހަތް މީހުންގެ ގަޔަށް ބަޑިޖަހަން މަޖުބޫރުވީ ފެންސް ފަޅާލާފައިވާ ބޯޑަރުގެ އަނެއް ފަޅިއަށް ގޮސް ބޮމުގެ ހަމަލާ ދޭން އުޅުމުން ކަމަށެވެ.

މި އަހަރުގެ މާރިޗް 30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލު ހަމަލާތަކުގައި 200 އަށްވުރެ ގިނަ، ފަލަސްތީނުގެ މުސްލިމުން ޝަހީދުވެފައިވާއިރު އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު މި ފަހުން ގޯސްވެފައިވަނީ އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ އެމްބަސީ ގުދުސް އަށް ބަދަލުކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް