އަފްޣާން މަޖިލިސް ކެނޑިޑޭޓެއްގެ ރެލީއަކަށް ހަމަލާދީ 12 މީހަކު މަރާލައިފި

މި މަހުގެ 20ގައި އަފްޣާނިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގެ ކެނޑިޑޭޓަކު ބައިވެރިވި ސިޔާސީ ރެލީއަކަށް ބޮމުގެ ހަމަލާއެއްދީ 12 މީހަކު މަރާލައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައ...

13 Oct 2018 | 12:06

މި މަހުގެ 20ގައި އަފްޣާނިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގެ ކެނޑިޑޭޓަކު ބައިވެރިވި ސިޔާސީ ރެލީއަކަށް ބޮމުގެ ހަމަލާއެއްދީ 12 މީހަކު މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއަދު ދިން މި ހަމަލާ ދީފައިވަނީ ސައިކަލެއްގައި ގޮވާތަކެތި ހަރުކޮށްގެންގޮސް ރެލީ ތެރެއަށްވަދެ ގޮއްވާލައިގެންނެވެ. މަޖިލިސް އިންތިޚާބުގެ ކެމްޕޭނުތައް ކުރިއަށްދާއިރު މިއަދާއި ހަމައަށް މިފަދަ އެކި ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވެއެވެ.

އަފްޣާންގައި މިފަދަ ހަމަނުޖެހުންތަކާއި ހެދި މަޖިލިސް އިންތިޚާބު ނުބޭއްވި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން އިންތިޚާބު ބާއްވަން ފުރަތަމަ ނިންމީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން އެ ތާރީހް މި އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހަށް ފަސް ކުރިއެވެ. އަދި އެއަށްފަހު ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް