ރިޔާސީ އިންތިޚާބު ބާތިލުކޮށްދިނުމަށްއެދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ތަދައްހުލުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި އެ މައްސަލައަށް ތަދައްހުލުވެފައިވަނީ އިދިކޮޅު ތިން ޕާޓީއާއި އެމްއާރުއެމްގެ ފަރާތުންނެވެ. އެ ތިން ޕާޓީއަކީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިންތިހާބު ބާތިލުކުރަން ސުޕްރީޟް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އިދިކޮޅުން ތަދައްހުލުވެފައިވާއިރު އެ މައްސަލައިގާ އިދިކޮޅުގެ ހަ ވަކީލަކު މަސައްކަތް ކުރާނެކަމަށްވެއެވެ.
އިންތިހާބު ބާތިލުކުރަން ހުށަހަޅާފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓް ކުރި އެމް ސެވަން އާއި މެދު އޮތް ޝަކުވާ ތަކާއި އޮނގޮޓިއެއް ބޭނުންކުރި ކަމަށް ބުނާ ޝަކުވާތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް