ސަނަމްޕޫރީއާއެކު ނެގި ސެލްފީއެއްގެ މައްސަލައިގާ އައްޑޫ ކަނބަލުންތަކެއް ތަޅައިގެންފި، އެކަކު ހައްޔަރުކުރި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ އާއެކު ނެގި ސެލްފީއެއްގެ މައްސަލައިގާ އައްޑޫ ކަނބަލުންތަކެއް ތަޅައިގެންފި އެވެ. ދުވަހަށް މައުލޫމާތު ދެމުން އައްޑޫން ވާހަކަދެއްކި މީހަކު ބުނީ ސަނަމް ޕޫރ...

13 Oct 2015 | 12:37

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ އާއެކު ނެގި ސެލްފީއެއްގެ މައްސަލައިގާ އައްޑޫ ކަނބަލުންތަކެއް ތަޅައިގެންފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން އައްޑޫން ވާހަކަދެއްކި މީހަކު ބުނީ ސަނަމް ޕޫރީއާއެކު ސެލްފީއެއް ނެގި އަންހެނަކު ރޭ އޭނާގެ ބިޓާއެކު ސައިކަލުގައި ދަނިކޮށް، ސަނަމް ޕޫރީއާއެކު ސެލްފީ ނެގުމުގައި ކާމިޔާބު ނުވި ދެ އަންހެނަކު އެ ސައިކަލު ހުއްޓުވާ ސައިކަލުގައި އިން އަންހެން ކުއްޖާގެ ކަންފަތްމަތީގައި ވަރަށް ބާރަށް ޖެހީ ކަމަށެވެ. އަދި އެވަގުތު އެމީހުން ޒުވާބު ކުރީވެސް އެ ސެލްފީގެ މައްްސަލައިގާ ކަމަށް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

" އަސްލު މި މީހުންތެރޭގަ ކުރިންވެސް މައްސަލަތަކެއް އޮވޭ، މިފަހަރު މައްސަލަ ހޫނުމިވީ އެކަކަށް ސަނަމްޕޫރީއާއެކު ސެލްފީއެއް ނެގި އަނެއް ދެމީހުންނަށް ސެލްފީ ނުނެގުމުން" ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ ވަގުތެއްގައި ހިނގި ކަމެއްގައި އަންހެނަކު ފުލުސް އޮފީހަށް ހާޒިރު ކުރި ކަމަށާއި ނަމަވެސް މިހާރު ދޫކޮށްލާފައި ވާކަމަށެވެ.

ނަމަވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ މި މައްސަލައިގާ ދެ އަންހެނަކު ހައްޔަރުކުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް