އެއީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިނގި ކަމެކެވެ. ފޭސްބުކް ނަމުން ނަމަ ޓިއު ބްރޯ، ފަސް ރުފިޔާގެ ބަބްލީ ސުޕާރީ ގަތީ ތަފާތު ކަމެއް ހިނގާފާނެ ކަމަށް ހިތުލައިގެންނެއް ނޫނެވެ. ސުޕާރީ ޕެކެޓެއް ކަނޑާލުމަށްފަހު އަނގައަށް އަޅާލައި ހަފަމުން ދަނިކޮށް މާ މަޑު އެތިކޮޅެއް އަނގައިގެ ތެރޭގައި ވާހެން ހީވުމުން އެއީ ކޯއްޗެއްތޯ ބަލާލުމުން ޓިއު ބްރޯއަށް ލިބުނީ ހައިރާން ކަމެއް ކަމަށް އޭނާ ބުނެ އެވެ.
"އެއީ ސުޕާރީއެއް ނޫން، ވަކަރު ކޮޅެއްވެސް ނޫން، ބޮޑަށް ބެލެވެނީ އެއީ ހަރުފައެއްގެ ހަންކޮޅެއް ހެން" މިހާރު ފޭސްބުކްގައި ވަކި ހިފާފައިވާ ބަބްލީ ފޯރީގެ ފައުންޑަރު ޓިއު ބްރޯ ބުންޏެވެ.
އެކަން ފޭސްބުކްގައި ޓިއު ބްރޯ ހިއްސާކުރީ ދިވެހިންގެ ސަމާލުކަމަށް ގެނައުމަށެވެ. ކިތަންމެހާވެސް ރަނގަޅަކަށް މިކަން ސަމާލުކަމަށް އައިސްފިކަން ފޭސްބުކްގެ ފީޑް ބަލާލުމުންނާއި ރާއްޖޭގެ ނޫސްތަކަށް އިއްޔެ އެރި ހަބަރުތަކުން އެނގިގެން ދާނެ އެވެ.
ނަމަވެސް އިއްޔެގެ ހަބަރުތަކާއި މިހާރު ފޭސްބުކްގެ ފީޑުތަކުގައި ބަބްލީ ފޯރި ހިފާފައިވާއިރު ބަބްލީ ފޯރީގައި ބަބްލީ ސުޕާރީން އެވެނި މިވެނި އެއްޗެއް ފެންނަ ކަމަށްބުނެ ފޮޓޯ ޝެއާ ކުރާއިރު ބައެއް މީހުން އެކަން ކުރަނީ މިކަން ފެށުނު ގޮތް ނޭނގިތިބެ ކަން ފާހަގަ ކުރެ އެވެ.
"މަ ހީކުރީ ބަބްލީ ސުޕާރީ ޕްރޮމޯޓް ކުރަން އަލަށް ފަށައިގެން އުޅޭ މީޑިއާ ކެމްޕޭނެއް ކަމަށް" ބަބްލީ ސުޕާރީ އަކުން މޮހޮރުތަކެއް ފެނުނު ކަމަށްބުނެ ފޮޓޯއެއް ޝެއާ ކުރި ފަރާތަކުން ބުންޏެވެ.
ކޮންމެ އަކަސް އާއްމުންގެ ސަމާލުކަމަށް ކަމެއް ގެނައުމަށް ޓިއު ބްރޯ އާންމުކުރި ފޮޓޯއާއެކު އުފެދުނު ހޭޝްޓެގްތަކަށް ބަލާއިރު ބަބްލީ ފޯރި، ބޮއިކޮޓް ބަބްލީ އަދި ބަބްލީ މޭނިއާ ޖަހާފައި ފޭސްބުކް ސާޗް ކޮށްލައިފިނަމަ ރިޒަލްޓް ހާހުން ގުނާލެވެ އެވެ.
ފިހުނު މަހާއި ގަނޑުކުރި މަހާއި ކޮންސްޓްރަކްޝަން ސާމާނާއި އިންސާނުންނާއި ދިރޭ ބޮޑެތި ޖަނަވާރުވެސް ބަބްލީ ސުޕާރީ ތެރެއިން ފެންނަން ފަށާފައިވާއިރު ޓިއު ބްރޯ އާންމުކުރި ޕޯސްޓްގެ ސަބަބުން ބަބްލީ ސުޕާރީއަށް މިވަނީ ހިލޭ ބޮޑު މާކެޓިން އެއް ލިބިފަ އެވެ.
https://www.facebook.com/photo.php?fbid=1506079549712648&set=a.1457330861254184.1073741829.100009318537541&type=3
ޓިއު ބްރޯގެ ޕޯސްޓްގައި ދުވަހަކުވެސް ބަބްލީ ސުޕާރީ ދެން ނުކާނެކަމަށް ބުނެފައިވީނަމަވެސް މިހާރު ޓިއު ބްރޯވެސް ވަނީ އެ ހިޔާލު ބަދަލުކޮށްފަ އެވެ. ޓިއު ބްރޯގެ އިލްތިމާސް އަކީ ސުޕާރީ އުރަ އަނގައިގެ ތެރެއަށް ކަނޑާލުމުގެ ބަދަލުގައި ނުވަތަ ކަނޑާލުމަށްފަހު އެއްކޮށް އަނގައަށް އަޅާލުމުގެ ބަދަލުގައި ޗެކް ކުރުމަށްފަހު ސުޕާރީ ކެއުމެވެ. ސުޕާރީ ކެއުމުގައި މިހާރަށްވުރެ ފަރުވާތެރި ވުމެވެ.
Supari packet gai othee bodu meeheh?!!!Midhuvasvaru supari packet thereygai thafaathu echcheh oiy kamah dhakkaa... Posted by Gui Nudhekey Kaalhu on Sunday, October 11, 2015
Foari eh eba huhtteh nu!! :-O#BUBBLYFOARI!! #BoycottBubbly!! Posted by Kada? on Sunday, October 11, 2015
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް