މި ދެމީހުން ދަންނަމުތަ؟ ރިސޯޓްތަކުގެ ނަމުގަ އޮޅުވާލައިގެން ފިހާރަތަކުން މުދާނެގި ދެމީހަކު ހޯދަނީ

އެކި ރިސޯޓުތަކުގެ ނަމުގައި ޕާޗޭސް އޯޑަރު ހަދައި އޮޅުވާލައިގެން އެކި ފިހާރަތަކުން މުދާ ނަގަމުންދާ ކަމުގެ ތުހުމަތުގައި ދެމީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ. ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެ...

13 Oct 2015 | 06:59

އެކި ރިސޯޓުތަކުގެ ނަމުގައި ޕާޗޭސް އޯޑަރު ހަދައި އޮޅުވާލައިގެން އެކި ފިހާރަތަކުން މުދާ ނަގަމުންދާ ކަމުގެ ތުހުމަތުގައި ދެމީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ، ސ. ހުޅުދޫ، ސީނިއަސުރުމާގެ، އާޞިމް ޙުސައިން (42އ) އާއި ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުޙައްމަދު (26އ) އަކީ، އެކި ރިސޯޓްތަކުގެ ނަމުގައި ޕަރޗޭސް އޯޑަރު ހަދައި އޮޅުވާލައިގެން އެކި ފިހާރަތަކުން މުދާ ނަގަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަޙުޤީޤަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ދެ މީހުން ކަމަށެވެ.

ފޮޓޯއިން ފެންނަ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް