ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.
މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ އެ އިސްލާހު އަނބުރާ ގެންދަން ނިންމެވީ ގައުމުގެ ހާލަތު މިހާރު އޮތްގޮތަށް ބެއްލެވުމަށްފަހު އިތުރަށް ކަންތައްތަކެއް ގޯސްވެގެން ދިއުން ނޭދޭތީ ކަމަށެވެ.
މެމްބަރު އާޒިމް މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މި ދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ. އެ އިސްލާހު ގައިވަނީ ސިޔާސީ ޕާޓީ ތަކުގެ އެންމެ އިސް މަގާމުތަކުގައި ތިބެވޭނެ އެންމެ މަތީ އުމުރަކީ އުމުރުން 65 އަހަރު ކަމަށެވެ.
މި ބިލު އަނބުރާ ގެންގޮސްފައިވާއިރު މިބިލް ބަލައިނުގަތުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕުން ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް