ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި، އައްޑޫގައި ސައިކަލް ބުރެއް ބާއްވަނީ

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އައްޑޫ ސިޓީގައި ސައިކަލު ބުރެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެ އ...

13 Oct 2015 | 03:26

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އައްޑޫ ސިޓީގައި ސައިކަލު ބުރެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެ އެވެ.

ދުވަހަށް މައުލޫމާތުދެމުން އެމްޑީޕީ އައްޑޫ ޒުވާނުންގެ ގޮފީގެ މެމްބަރަކު ބުނީ  ޒުވާނުން އިސްނަގައިގެން ބާއްވާ މި ސައިކަލު ބުރު އޮންނާނީ އޮކްޓޫބަރު މަހުގެ 16 ވާ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ.

"ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު މި ސައިކަލް ބުރު ފަށަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ފޭދޫ އިން، އެމްޑީޕީގެ ތާއީދު އައްޑޫ ސިޓީގައި ނެތް ކަމަށް ބުނާ ފަރާތްތަކަށް މި ސައިކަލު ބުރުން ވަރަށް ރަގަޅު ޖަވާބެއް ލިބިގެންދާނެ" ދުވަހަށް މައުލޫމާތު ދިން ޒުވާނާ ބުންޏެވެ.

13 އަހަރުގެ ޖަލުހުކުމެއް ރައީސް ނަޝީދު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެވުނު މައްސަލައިގަ އެވެ. މި މައްސަލައިގާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރެވި ޖަލަށް ލާފައިވާއިރު މި މައްސަލަ އދގެ ވޯކިންގ ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުމުން އެ ގްރޫޕުން ވަނީ ރައީސް ނަޝީދުގެ ބަންދަކީ އާބިޓްރަރީ ބަންދެއް ކަމަށް ނިންމައި، އެމަނިކުފާނު ދޫކޮށްލައި، ބަންދުކުރުމުގެ ބަދަލު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.

ނަމަވެސް ދިވެހި ސަރުކާރުން ބުނެފައިވަނީ ރައީސް ނަޝީދުގެ މައްސަލައިގައި އދގެ ވޯކިންގ ގްރޫޕުން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް