އިންސާނުންގެ ހަށިތަކާއެކު ފިލިޕިންސްގެ ދެކުނުގެ ޖަންގައްޔެގެ ތެރެއިން ފްލައިޓެއް ފެނިފައިވާ ކަމަށާއި އެ ފްލައިޓްގައި މެލޭޝިޔާގެ ދިދަވެސް ކުރަހާފައި އިން ކަމަށް ބުނެ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިކަން ރިޕޯޓްކޮށްފައިވަނީ ފިލިޕިންސްގެ އަންހެނެކެވެ. މިކަން ރިޕޯޓްކޮށްފައިވާކަން ފިލިޕިންސް އަދި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައި ވެ އެވެ.
އެ އަންހެންމީހާ ބުނެފައިވަނީ ޖަންގަލީގެ ތެރެއިން ފެނުނު އެ ފްލައިޓްގެ އެތެރެއަށްވެސް އޭނާ ވަން ކަމަށާއި ޕައިލެޓްގެ ގޮނޑީގައިވެސް މީޙަކު އިން ކަމަށެވެ. އަދި އެމީހަކު އިނީ ހެޑްފޯންސް ވެސް އަޅައިގެން ކަމަށެވެ.
އެ ފްލައިޓް ތެރޭގައި ބައިވަރު މީހުންގެ ހަށިތައް ހުރި ކަމަށާއި ފްލައިޓްގައި ކުރަހާފައިވާ ދިދައަކީ 70 އިންޗި ދިގު އަދި 35 އިންޗި ފުޅާ ދިދައެއް ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
މި ފްލައިޓަކީ އެމްއެޗް 370 ކަމަށް ވުމަކީ އެކަށީގެންވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނައިރު ތަހުގީގު ޓީމުތަކުން އެ ސަރަހައްދަށް ދިއުމަށް ވަނީ ދަތުރު ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް