ރައީސުލްޖުމްހޫރިއްޔާއަށް އެހާބޮޑު ތުހުމަތެއް ކުރާތީ އަދަދު ނޫހަށް ފިޔަވަޅު އަޅާ ވާހަކައާއި ގުޅިގެން ކުރީގެ ރައީސް ޔާމިން ފާޑު ވިދާޅުވެއްޖެއެެވެ.
"ނޫހެއްގެ މި ވާހަކަ ލިޔުނީމަ އެލިޔާ ވާހަކައިގަ އެއްވެސް އޮއްޓަރެއް މަސްދަރެއް ނެތް ކަމަށް ވަންޏާ ކީއްކުރަންތޯ އެހާވަރަށް ރެޓަލްވާންވީ؟ ކީއްކުރަންތޯ އެހާވަރަށް ތުރުތުރު އަޅަންވީ؟ " ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ، އެކި މީހުން އެކި ވާހަކަތައް ދައްކާނެ ކަމަށެވެ. އަދި ބާޒާރު މަތީގައި މީހަކު ދައްކާ ވާހަކައެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ނަން ގެނެވިއްޖެ ނަމަ އެކަމަށް ވެސް ފިޔަވަޅު އަޅާނީތޯ ރައީސް ޔާމިން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިއީ ޑިމޮކްރަސީތޯ، އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ މިކަމަށް ކީ ދާނެތޯވެސް ރައީސް ޔާމިން ވަނީ ސުވާލު އުފައްދަވާފައެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށާއި، އެ ފާޑުކިޔުންތަކާއި އެއްކޮށް ވެރިންނަށް ކުރިއަށް ދާން ކެރެން ޖެހޭނެ ކަމަށް ވެސް ރައީސް ޔާމިން މިރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް