ލައިސަންސް ނެތި ކާރު ދުއްވީތީއާއި ކާރުގެ ލައިސަންސް ޕްލޭޓް ގޯސްކަމުން ކާރުން ފައިބާން އެންގުމުން ކާރުން ނުފައިބާ އިން ދިވެހި ޒުވާނަކު، ދިވެހި ފުލުހުން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްފިއެވެ.
އެގޮތުން މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނެފައިވަނީ ރޭ ދަންވަރު ހުޅުމާލޭގައި ފުލުހުން ވީސީޕީ ޖަހައިގެން ހަރަކާތްތެރިވަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވި ކާރެއް ހުއްޓުވައި ބެލި އިރު އެއީ ސީ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ކާރެއްކަން އެނގުނު ކަމަށެވެ.
"ކާރު ދުއްވި ރ. އަލިފުށި، ސިތުރާ، އުމުރުން 38 އަހަރުގެ ހަސަން ސައީދަކީ ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަންވެސް އެނގުނު" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ލައިސަންސް ނެތި ކާރު ދުއްވުމާ އަދި ސައްހަ ނޫން ނަމްބަރު ޕްލޭޓެއް ކާރުގައި ހަރުކޮށްފައިވާތީ ފުލުހުން އެ ކާރު ޓޯ ކުރަން އުޅުމުން ފުލުހުންނަށް އެއްބާރުލުން ނުދޭނެކަމަށްބުނެ ކާރުން ނުފައިބާނެ ކަމަށްބުނެ ކާރު ލޮކް ކޮށް ފުލުހުންގެ ދައުރަށް ހުރަސް އަލައި ފިލަން މަސައްކަތް ކުރުމުން ބާރުގެ ބޭނުންކޮށްގެން އޭނާ ހައްޔަރުކުރީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް