ސަލާމަތަށް އެދި ގޮވަމުންދިޔަ އަންހެނަކު ހިޔާ ފްލެޓަކުން ސަލާމަތްކޮށް ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތް ކުރުމަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވޭތީ ފުލުހުން އެޓެންޑްވި ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުން ގޮސް އެ އެޕާޓްމެންޓްގެ ދޮރު ހުޅުވަން ބުނުމުން ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށްބުނެ ދޮރު ލައްޕާ ތަޅުލީ ކަމަށާއި ނަމަވެސް އަނެއްކާވެސް ސަލާމަތަށްއެދި ގޮވާ އަޑު އިވޭތީ އަދި ފުލުހުން ބުނުމުންވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެ އެޕާޓްމަންޓުން އަންހެނަކު ސަލާމަތް ކުރި ކަމަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން މާލެ، ހ. ލާމިޔާ އުމުރުން 20 އަހަރުގެ އަހްމަދު އުވައިސް އާއި، މާލެ، މއ. ތުރީ މޫންސް އުމުރުން 39 އަހަރުގެ މުހައްމަދު މުމީތު ހައްޔަރުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް