މާދަމާވެސް މާލެ އަދި ހުޅުމާލެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން އަންގައިފި

ކަރަންޓު މަސައްކަތެއް ކުރާތީ މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާވެސް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން އަންގައިފިއެވެ. ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތ...

13 Sep 2024 | 18:22

ކަރަންޓު މަސައްކަތެއް ކުރާތީ މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާވެސް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން އަންގައިފިއެވެ.

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަށް މާލެ ސިޓީ، ހުޅުމާލެ، ފުރަތަމަ ފިޔަވަހި، ހިތި ގަސް މަގު، ހުވަނދުމާ ހިނގުން، ކިނބިގަސް މަގު، އަދި ފިލިގަސް މަގު ހިމެނޭ ސަރަހައްދުން މާދަމާގެ10:00 ން11:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެން ވާކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެ ސަރަަހައްދުތަކުގައި ދިރިއުޅޭ ބޭފުޅުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް