މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ގެއަކުން ސާމާނުތަކެއް ވަގަށްނެގި މެދުއުމުރުގެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ޖަމީލާމަންޒިލް އާދަމް ޙުސައިން (48އ) އެވެ. އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނެފައިވަނީ ސެޕްޓެންބަރު އަށެއް ވީ، އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލަ ރިޕޯޓު ކުރުމުން އެ މައްސަލައާ ގުޅިގެން ދެ ތަނެއް ބަލައިފާސްކޮށް، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަރަންޓު ބުރުމާ ތަކަކާއި، މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ހޯދާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް