މާލޭގައި ވަގަށް ނަގާފައިވާ ސައިކަލެއްގައި ގޮސް އަންހެނެއްގެ އަތުން ފޭރުނު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އަންހެން މީހާގެ އަތުން އޭނާ ފޭރިފައިވަނީ ސައިކަލެއްގައި ދަމުން، އެ ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާކަމަށާއި އޭނާ ފޭރުނު ވޮލެޓާއި ފޯނު ފުލުހުންވަނީ ހޯދައި، އަދި އިސްމާޢީލް ސާއިފް ދުއްވި ސައިކަލު ވެސް ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް