ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ދަތުރުތައް ދެމެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެ އެއާލައިނުން ވަނީ ގިނަ މަތިންދާބޯޓުތަކެއް ގްރައުންޑް ކުރަން ފަށައިފަ އެވެ.
ޑޯން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ޕީއައިއޭގެ މައިގަނޑު މަސައްކަތްތަކާއި ނޮން-ކޯ އެސެޓްތައް ވިއްކުމަށް ބަހައްޓާނެ އެވެ.
މިދިޔަ ހަފުތާގައި ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓްރީން ވަނީ ހަރުކަށި އިންޒާރެއް ދީ، އެ އެއާލައިނަށް ކޭޝްފްލޯގެ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ފެޑެރަލް ސަރުކާރަށް އަންގާފަ އެވެ.
މިކަމުގެ ސަބަބުން ކްރެޑިޓަރުންނާއި މަތިންދާބޯޓު ކުއްޔަށް ދޭ ފަރާތްތަކާއި ފިއުލް ސަޕްލަޔަރުންނާއި އިންޝުއަރެންސް ކުރާ ފަރާތްތަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓް އޮޕަރޭޓަރުންނާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) އަށް ވެސް ފައިސާ ނުލިބޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަމުގެ ސަބަބުން ޕާކިސްތާނުގެ ގައުމީ ދިދަ އުފުލާ އެއާލައިނުން ކުއްޔަށް ދޫކޮށްފައިވާ 13 މަތިންދާބޯޓުގެ ތެރެއިން ފަސް މަތިންދާބޯޓު ގްރައުންޑް ކުރަން މިހާރު މަޖުބޫރުވެފައިވާ ކަމަށާއި އިތުރު ހަތަރު މަތިންދާބޯޓަކަށް ވެސް އެފަދަ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއެއާލައިނަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބަކީ ކުރިއަރަމުން އަންނަ ރީޖަނަލް އެއާލައިންތަކުގެ ވާދަވެރިކަމާއި، ގޯސް މެނޭޖްމަންޓާއި ފްލީޓް ފުޅާކުރުމަށް އެކަށީގެންވާ މިންވަރަށް ފައިސާ ނުލިބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް