އެޕަލް އިން ރޭ ބޭއްވި ވޮންޑާލަސްޓް އިވެންޓުގައި އެ ކުންފުނީގެ އާ ވޮޗް ސީރީޒް 9 ލޯންޗްކޮށްފި އެވެ. އަލަށް ތައާރަފްކުރި އެޕަލް ވޮޗަކީ އެސް9 ނެރުނީ ވަރަށް ގިނަ އެޑްވާންސް ފީޗާތަކަކާ ވެސް އެކުގައެވެ. އޭގެ ތެރޭގައި އެސްއައިޕީ (ސިސްޓަމް އިން ޕެކޭޖް) އާއި ޑަބަލް ޓެޕް އިޝާރާތަކުން ކޯލަކަށް ޖަވާބު ދިނުމާއި މިއުޒިކް ޕްލޭ ކުރުމާއި ހުއްޓުވުމާއި، ޓައިމަރ ހުއްޓައިލުން ފަދަ އާ ފީޗާތަކެއް ހިމެނެއެވެ.
ވޮޗް ސީރީޒް 9 ގައި 2އެކްސް ބްރައިޓް ޑިސްޕްލޭއެއް ހިމެނޭއިރު، މެކްސިމަމް ބްރައިޓްނެސް އަދި އޮން ޑިވައިސް ސިރީ ޕްރޮސެސިންގެ 2،000 ނިޓް ހިމެނެ އެވެ. މި ޑިވައިސް އަކީ ޝައުގުވެރި އުފެއްދުމަކަށް ހަދައިދޭ އިތުރު މުހިއްމު ފީޗާއެއް ވެސް މި ޑިވައިސްގައި އެބަހުއްޓެވެ. އެޕަލް ވޮޗް ސީރީޒް 9 އަކީ އެ ކުންފުނީގެ ފުރަތަމަ ފަހަރަށް ކާބަން ނިއުޓްރަލް އުފެއްދުމެކެވެ.
އެޕަލް އިން ބުނާ ގޮތުގައި އެޕަލް ވޮޗް ސީރީޒް 9 ގެ ޑިޒައިނާއި ހަކަތަ ބޭނުންކުރާ މިންވަރު އާކޮށް، ކޮންމެ އެޕަލް ވޮޗް ސީރީޒް 9 އަކުން ބޭރުކުރާ ވިހަ ގޭސް75 ޕަސެންޓަށް ވުރެ ކުޑަކޮށްފައިވާ ކަމަށެވެ.
މައިގަނޑު ގޮތެއްގައި މަތީ ފެންވަރުގެ ކާބަން ކްރެޑިޓްތައް ބޭނުންކުރުމަށް ރާވާފައި ވަނީ ޖައްވުން ކާބަން ނައްތާލާ ގުދުރަތީ ޕްރޮޖެކްޓްތަކުގެ ތެރެއިން ގްރާސްލޭންޑްސް، ވެޓްލޭންޑްސް އަދި ޖަންގަލިތައް އަލުން އިއާދަކުރުން ފަދަ މަޝްރޫއުތަކުންނެވެ.
އެޕަލްގެ އެންވަޔަރަންމަންޓް، ޕޮލިސީ އެންޑް ސޯޝަލް އިނިޝިއޭޓިވްސްގެ ވައިސް ޕްރެޒިޑެންޓް ލީސާ ޖެކްސަން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އެންމެ މަގުބޫލު ގަޑި ކާބަން ނިއުޓްރަލް ހެދުމުގައި މުހިންމު ކާމިޔާބީއެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އެޕަލް އިން 2030 ވަނަ އަހަރު ކަނޑައަޅާފައިވާ އަމާޒަކީ މި ދިހަ އަހަރު ނިމުމުގެ ކުރިން ކޮންމެ ޕްރޮޑަކްޓަކީ ކާބަން ނިއުޓްރަލް އުފެއްދުމަކަށް ހެދުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް