އިންތިހާބުގައި ބޭރުގެ އޮބްޒާވަރުންނަށް ފުރައްސާރަކުރި ދެ އޮފިިޝަލަކު ސަސްޕެންޑް ކޮށްފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލީ ދުވަހު ބޭރުގެ އޮބްޒާވަރުންނަށް ފުރައްސާރަކުރި ދެ އޮފިިޝަލަކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސަސްޕެންޑް ކޮށްފިއެވެ. އީސީއިން ބުނީ، އެ ކޮމިޝަނުން ދަޢުވަތު ...

13 Sep 2023 | 17:32

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލީ ދުވަހު ބޭރުގެ އޮބްޒާވަރުންނަށް ފުރައްސާރަކުރި ދެ އޮފިިޝަލަކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސަސްޕެންޑް ކޮށްފިއެވެ.

އީސީއިން ބުނީ، އެ ކޮމިޝަނުން ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި ބައެއް އިންޓަރނޭޝަނަލް އޮބްޒާވަރުންނަށް ޕާޓީއެއް ތަމްސީލްކުރި ދިވެހި އޮބްޒާވަރަކާއި، މަންދޫބެއް ފުރައްސާރަކޮށް، ސުލޫކީ މިންގަނޑާ ހިލާފު ވެފައިވާ ކަމަށެވެ،

އެހެންކަމުން އިންތިހާބުގެ ދެވަނަބުރާއި، ކުރިޔަށް އޮތް ބޮޑު ދެ އިންތިޚާބުގައި އޮބްޒާވަރެއް، މޮނިޓަރެއް އަދި ކެންޑިޓޭޓެއްގެ މަންދޫބެއްގެ ގޮތުގައިވެސް އިލެކްޝަން އޮފިޝަލެއްގެ ގޮތުން ޙަރަކާތްތެރި ނުވެވޭގޮތަށް ސަސްޕެންޑް ކުރުމަށް މިއަދު ބޭއްވި އިންތިޚާބާބެހޭ ޚާއްޞަ ޖަލްސާއިން ނިންމާފައި ވާނެ ކަމަށް އީސީން ބުންޏެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެ ދެމީހުންގެ ބަދަލުގައި އެހެން ދެ މީހަކު އޮބްޒާވަރު އަދި މަންދޫބެއްގެ ގޮތުން ޙަރަކާތްތެރި ވުމުގެ

ފުރުސަތު އެޕާޓީއަށް ދިނުމަށްވެސް ނިންމާފައި ވާނެ ކަމަށް އީސީން މައުލޫމާތު ދިނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް