މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދޭގޮތަށް އަނެއްކާވެސް ނިންމައިފިއެވެ.
މީގެ ކުރިންވެސް އެމްއޭސީއެލް މުވައްޒަފުންނަށް މުސާރައިގެ50 އިންސައްތަ ޑޮލަރުން ދިނެވެ. ނަމަވެސް ކޮވިޑާއެކު އެ އުސޫލު ބަދަލު ކުރީއެވެ،
އެ އުސޫލު އަނެއްކާވެސް ބަދަލުކޮށް، މި މަހުން ފެށިގެން އެމްއޭސީއެލްގެ މުވައްޒަފުންނަށް މުސާރަ ދޭނީ، މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުންނެވެ.
މުވައްޒަފުންނަށް އެންމެ ބޮޑު ބޯނަސްއެއް ދޭ ކުންފުނީގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އެމްއޭސީއެލްއިން މުވައްޒަފުންނަށް އަހަރީ ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް މިދިޔަ މަހު ވަނީ ނިންމާފައެވެ. އެއީ މިދިޔަ ދެ އަހަރުވެސް އެ ކުންފުނިން ބޯނަސްގެ ގޮތުގައި ދީފައިވާ އަދަދެވެ.
އެމްއޭސީއެލްގައި ގާތްގަނޑަކަށް3500 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާ ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް