ކައިޒީންގެ ސަބަބުން ރައީސް ސޯލިހަށް އިތުރު ނުވަ އިންސައްތަ ލިބުނު: ރައީސް ނަޝީދު

ސޯޝަލް މީޑިއާ އިންފްލުއެންސާ އަދި ސުޕަރ މޮޑެލް ކައިޒީން އެމްޑީޕީއަށް ސޮއި ކުރުމުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް އިތުރު ނުވަ އިންސައްތަ ވޯޓު ލިބިގެންދިޔަކަމުގައި ރައީސް ނަޝީދު ...

13 Sep 2023 | 16:45

ސޯޝަލް މީޑިއާ އިންފްލުއެންސާ އަދި ސުޕަރ މޮޑެލް ކައިޒީން އެމްޑީޕީއަށް ސޮއި ކުރުމުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް އިތުރު ނުވަ އިންސައްތަ ވޯޓު ލިބިގެންދިޔަކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ އަން އޮފިޝަލް އެކައުންޓުންނެވެ.

އެމްޑީޕީގެ ސައިޒް 29 އިންސައްތައަށް ވައްޓާލާނެކަމަށްބުނެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ސިމްވަރ ކޮށްފައިވާ ޓްވީޓަކަށް ދެއްވި ރައްދެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިހާރުވެސް ހުރީ އެ އަދަދުގައި ކަމަށާއި 38 އިންސައްތައަށް އެރީ ކައިޒީން ދުރުވި ކަމުން ކަމަށެވެ.

https://twitter.com/anedhivehirajje/status/1701969989245309276

ކައިޒީން އެމްޑީޕީއާއި ގުޅުނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް