އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު، ރައީސް ސޯލިހްގެ ކެމްޕޭނަށް މިއަދު ނިކުންނަވައި އިތުރު ފަސް ވޯޓު ކަށަވަރުކުރައްވައިފިއެވެ.
މިކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ފަޒްނާ ވިދާޅުވެފައިވަނީ މިއަދ މާފަންނު ހުޅަނގު ބައެއް ގެތަކަށް ވަދެލައި ކެމްޕޭނުގެ މަސައްކަތްތައް ކުރިއަށްގެންދެވި ކަމަށެވެ.
"މިއަދު އަޅުގަނޑު ވަނީ މާފަންނު ހުޅަނގު ގެ ބައެއް ގެތަކަށެވެ. ވީގޮތާމެދު ދެރަވިޔަސް އެއްވެސް މީހަކު އުންމީދު ކަނޑަ އެއް ނުލައެވެ. ރާއްޖޭގެ ރައްތަކަށާއި ރާއްޖޭން ބޭރައް ގުޅައިގެން ރީރެޖިސްޓަރ ކުރަންތައްޔާރުވަނީއެވެ. ފަތުރަމުންދާ ހީލަތްތެރި ދޮގުވާހަކަތަކުގެ ޙަޤީގަތްވެސް މީހުނަށް އޮޅުންފިލުވާ ދެނިއްޔެވެ ." ފޭސްބުކްގައި ފަޒްނާ ލިޔުއްވާފައިވެއެވެ.
ވިދާޅުވެފައިވަނީ ވޯޓް ލާން ނުދާ މީހުނާ ދިމާވި ކަމަށާއި ދެވަނަ ބުރެއް އޮންނާނެތީ ނުދިޔައީ ކަމަށް ބުނިމީހުންނާވެސް ދިމާވި ކަމަށެވެ. އަދި "އޮފަރ" އެއް ލިބުނީމަ އައިޑީ ދުކޮށްލާފަ ގޭގައި މީހަކު ހުރިކަން އެގުނު ކަމަށާއި އޭނާއަށް ދެވަނަ ބުރެއްގައިވެސް ވޯޓު ނުލެވޭކަން ފާހަގަކުރެވުނުކަންވެސް ފަޒްނާ ލިޔުއްވާފައިވެއެވެ.
"މިދާއިރާގެ ގެއެއްގައި ކުއްޔައް އުޅޭބަޔަކާ ވެސް ބައްދަލުކުރީމެވެ. ވަރަށް ބައިވަރު ޝަކުވާ ހުއްޓެވެ . ނުކުންނަމުން އަޅުގަނޑުބުނީމެވެ . ތިހުރިހާ ވާކައެއް އަޑުއަހާފަ ވޯޓެއް ދޭންބުނާކަށް ނުކެރޭނެއެވެ . އެމީހުން ހިނިތުން ވެލާފައި ބުންޏެވެ . "ދުވަހަކުވެސް އަދި އެއްވެސް މީހަކު/ޕާޓީއަކުންވެސް އަޅުގަނގުމެންގެ އަޑުއަހައެއް ނުލައެވެ" ފަޒްނާގެ ސްޓެޓަސްގައި ލިޔުއްވާފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ ގެއަށް އައިސް ފޯނުބަލާލިއިރު ލިބުނު މެސެޖް އަދި އެހާމެ އުފާވެރި ކަމަށާއި އެއީ މެސެޖް ފޮނުވިމީހަކީ ޕީޕީއެމް މީހަކަށް ވެގެން ނޫން ކަމަށެވެ. މިސަރުކާރު ދަމަހައްޓަށް ބޭނުންވާ ސަބަބަކަށް މެންޓަލް / ސޯޝަލް ކަމެއް ހިމެނުނީމައި ކަމަށެވެ.
މިއަދު އިތުރު 5 ވޯޓް ލިބިއްޖެކަން އެ ނޯޓްގައި ފަޒްނާ ފާހަގަކުރައްވާފައިވެއެވެ.
" ﷲ ހަށް ޙަމްދު ކުރަމެވެ. މީހުނާ ޒުވާބުކުރުމުގައި ވަގުތުބޭކާރު ނުކޮށް އެންމެންވެސް ވޯޓް ހޯދަން މަސައްކަތް ކުރާށެވެ. މާތް ﷲ ގެ އިރާދަފުޅާއިއެކު އަޅުގަނުމެނަށް އިންތިޚާބް ކާމިޔާބު ވާނެއެވެ" ފަޒްނާ އިތުރަށް ވިދާޅުވެފައިވެއެވެ.
ފަޒްނީ މިއަދު ނިކުންނަވާ ވޯޓު ހޯދުމުގެ މަސައްކަތް ކުރެއްވިއިރު ރައީސް ސޯލިހް މިވަގުތު ހުންނެވީ ދެވަނަ ބުރަކަށް އިއްތިހާދުގެ ދައުވަތައިގެން ވަޑައިގެން ގާސިމްގެ އަރިހުގައި ސަން އައިލެންޑް ރިސޯޓުގައި މަޝްވަރާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް