ގާސިމް-އިބޫ: މަޝްވަރާތައް ފެށިގެން ކުރިއަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިއްތިހާދު އިތުރަށް ފުޅާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު މަޝްވ...

13 Sep 2023 | 14:06

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިއްތިހާދު އިތުރަށް ފުޅާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު މަޝްވަރާތައް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

މި މަޝްވަރާތައް ކުރިއަށްދަނީ ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައެވެ.

ރައީސް ސޯލިހް ސަން އައިލެންޑަށް ވަޑައިގެންނެވުމަށްޓަކައި މާމިގިލީ އެއާޕޯޓަށް ވަޑައިގެންނެވީ ގާސިމްގެ އެއާލައިން، ވިލާ އެއާގައެވެ.

މާމިގިއްޔަށް ވަޑައިގެންނެވުމުން ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އޭނާގެ ބައެއް އެޑްވައިޒަރުން ވަޑައިގެންނެވިއެވެ. އެ އެޑްވައިޒަރުންގެ ތެރޭގައި އަލީ ވަހީދާއި ނިހާން ހިމެނިވަޑައިގަންނަވައެވެ.

ގާސިމް-އިބޫގެ މަޝްވަރާތައް ފެށިގެން ކުރިއަށްދާއިރު ދެވަނަ ބުރުގައި އިއްތިހާދުވާނެ ކެނޑިޑޭޓަކު ނިންމުމަށް ޖޭޕީން މިއަދު ކައުންސިލް ބައްދަލުވުމެއް ބާއްވަން ކުރިން ތާވަލުކުރިއެވެ. އެހެންނަމަވެސް މަޝްވަރާތަކަށް ލީޑަރަށް އިތުރު ވަގުތު އެރުވުމުގެ ގޮތުން ކައުންސިލްގެ އެ ބައްދަލުވުން މިހާރު ވަނީ ފަސްކޮށްފައެވެ.

ދެވަނަ ބުރުގައި އިއްތިހާދުވާނެ ވަކި ކެނޑިޑޭޓެއް ގާސިމް އަދި ނިންމާފައިނުވާއިރު އިއްޔެ ޑރ. މުއިއްޒުގެ ފަރާތުން ނެގޯޝިއޭޝަން ޓީމުން ގާސިމްގެ އަރިހަށް ސަން އައިލެންޑަށް ވަޑައިގެން މަޝްވަރާތައް ކުރިއަށްގެންދެވިއެވެ. ނެގޯޝީއޭޝަން އެ ޓީމުގައި ޑރ. މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް