ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީއިން އަހުމަދު ފާރިސް މައުމޫނުގެ ޓީމާއި ބައްދަލު ކޮށްފިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމުއިރު އެއްވެސް ކެނޑިޑޭޓަކަށް%50 ވޯޓު ލިބިފައި ނުވާތީ، ދެވަނަ ބުރެއް ބާއްވަން ޖެހުނީއެވެ.
ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެނޑިޑޭޓުންނެވެ. އެއީ އެމްޑީޕީ ކޯލިޝަންގެ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަސު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.
އެއާއެކު އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ލީޑަރުންނާއެކު ކޯލިޝަން ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
https://twitter.com/ProgressPartyMV/status/1701889505299714533
އެގޮތުން ޕީޕިއެމް/ޕީއެންސީއިން ވަނީ ރޭ ސަންއައިލެންޑްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ބައްދަލު ކުރައްވާފައެވެ. އަދި މިއަދު ރައީސް ސޯލިހުވެސް ވަނީ ގާސިމާ ބައްދަލު ކުރައްވާފައެވެ.
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ތިން ކެނޑިޑޭޓުންވެސް އަދި ގޮތެއް ނިންމާފައި ނުވާއިރުު، އެމްއެންޕީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވަނީ ޕީޕިއެމް/ޕީއެންސީއާ ކޯލިޝަން ހަދާފައެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއިންވެސް އަދި ވަކި ގޮތަކަށް ނުނިންމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް