ބާޖެއްގައި ހާލުގައި ޖެހުނު ބޭރުގެ ބަޔަކަށް ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ޙާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ...

13 Sep 2023 | 07:05

އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ޙާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގު ބޯޓު (މުތާ ކޮރަލް) ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން އެކަން ޓަގުބޯޓުގެ ފަރާތުން ރިޕޯޓްކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ބެލިބެލުމުން، އެ އުޅަނދުގައި ތިބި 12 މީހުންނަކީ މަސްވެރިންކަންކުރާ ބޭރުގެ އުޅަނދެއްގައި މަސައްކަތްކުރާ ބައެއްކަން ވަނީ އެނގިފައެވެ.

އަދި އެ މަސްވެރިން، ބާޖަށް އަރާފައިވަނީ ރާއްޖެއާއި ގާތްގަނޑަކަށް 140 މޭލު ބޭރުން، ރޭގަނޑުގެ ވަތުތުގައި އައި ކޮޅިގަނޑެއްގައި އެމީހުން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓާއި ބާޖު ޖެހުމުގެ ތެރޭގައި ބޯޓް ހަލާކުވެ އަޑިއަށް ދިއުމުން ކަމަށް ބުނެފައިވާތީ، އެކަންކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް މިދަނީ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވާގޮތުގައި އެ މީހުން މިހާރުވަނީ މާލެގެނެސް މޯލްޑިވްސް އިމިގްރޭޝަނާއި ޙަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް