ޖޭޕީ ކައުންސިލް ބައްދަލުވުން ފަސްކޮށްފި

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން ފަސްކޮށްފިއެވެ. އެކަން ޖުމްހޫރީ ޕާޓީން ކަށަވަރުކޮށްދެއެވެ. އެނގިފައިވާގޮތުގައި މިއަދު ހަވީރު ބާއްވަން އޮތް އެ ބައްދަލުވުން ފަސްކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބ...

13 Sep 2023 | 06:46

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން ފަސްކޮށްފިއެވެ.

އެކަން ޖުމްހޫރީ ޕާޓީން ކަށަވަރުކޮށްދެއެވެ.

އެނގިފައިވާގޮތުގައި މިއަދު ހަވީރު ބާއްވަން އޮތް އެ ބައްދަލުވުން ފަސްކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ދެ ކެނޑިޑޭޓުން ކުރަމުން އަންނަ މަޝްވަރާތަކަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

އެގޮތުން މިހާތަނަށް ދެ ކެނޑިޑޭޓުންވެސް ގާސިމާއެކު މަޝްވަރާތައް ވަނީ ފަށާފައެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުން ދެން ބާއްވާނެ ތާރީހެއް، ވަގުތެއް އަދި ނިންމާފައެއް ނުވެއެވެ. އެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން އުޅެނީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތެއް އެ ޕާޓީން ނިންމުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް